Fri, 29 May, 2020, 6:47 pm
ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް
ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބައެއް، ބޭނުންވަނީ ވަސީލަތްތަކާއި ފުރުސަތު: ރައީސް
2

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މޮޅު ބައެއް ކަމަށާއި ބޭނުންވަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ނެރެ ހާމަކޮށްދޭނެ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ “ފަންނު އެކްސްޕޯ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ ތަފާތު ފަންނުތަކުގައި އާދަޔާ ހިލާފު ހުނަރުވެރި ވިސްނުންތަކެއް ގެންގުޅޭ ބައެއް ކަމަށެވެ.

އެގޮތުން ދިވެހި ޒުވާނުންނަކީ ވެސް ހީނުކުރާހާ ހުނަރުވެރި މޮޅު ބައެއްކަމަށާއި ބޭނުންވަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ނެރެ ހާމަކޮށްދޭނެ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވ.ެ

“ޒުވާނުންނަށް މަގު ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުން މުޅިން އާ ދިވެހި އުފެއްދުންތައް މައުރަޒުތަކުން ފެންނަން ފަށާނެ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިފަދަ މައުރަޒުތަކުން ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.

ހާއްސަ ގޮތެއްގައި ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދެވި، އިގްތިސާދީ ނަފާވެރިކަމުން ހަވާސާވެފައި ތިބި، ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންނަށް ވެސް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީ މި މައުރަޒުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.