Sun, 7 June, 2020, 3:12 pm
ގެއެއްގައި ބަނގުރާ ކައްކަން އުޅެނިކޮށް އަލިފާން ރޯވެއްޖެ
31

ގެއެއްގައި ބަނގުރާ ކައްކަން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މައްޗަންގޮޅީ ގެއަކުން ދުން އަރާކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 9:45 އެހާކަންހާއިރު ހުށެހެޅި ކަމަށެވެ.

އެގޮތުން ގޮސް ބެލިބެލިމުން އެ އެގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށާއި އެހާދިސާ ހިނގާފައިވަނީ ބިދޭސީންތަކެއް ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ ކޮން ގެއެއްގައި ކަމެއް އަދި އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި އެތަނުން އެއްވެސް އަދަދެއްގެ ބަނގުރަލެއް އަތުލައިގެން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a comment

Your email address will not be published.