Sun, 7 June, 2020, 1:39 pm
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި އާމިނަތު ޖާބިރު، އެކަމަނާގެ ބައްޕާފުޅު އަދި ޑީއާރިޕީގެ ލީޑަރު ޖާބިރު އަބްދުﷲ ޖާބިރާއެކު --- ފޮޓޯ/ ޑީއާރިޕީ
ޑީއާރުޕީގެ އެސްޖީއަކަށް ޖާބިރުގެ ދަރިކަނބަލުން، އާމިނަތު ޖާބިރު ހަމަޖައްސައިފި
4

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.

ޑީއާރުޕީން މިއަދު ބުނީ އެ ޕާޓީގެ އެސްޖީ ކަމުގެ މަގާމަށް އާމިނަތު ހަމަޖެއްސީ ޕާޓީގެ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ޑީއާރުޕީގެ އެސްޖީއަކަށް ކުރިން ހުންނެވީ ނަހުލާ އަލީއެވެ. ނަމަވެސް ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއެކު އެޕާޓީ ދޫކުރައްވައި ނަހުލާ މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްްދެވި ޕާޓީ އެކެވެ. އެ ޕާޓީން އެމަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެ ވަޑައިގެންފައިވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.

ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު ހަމަޖެއްސީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަދި އެޕާޓީގެ ރަޖިސްޓްރާ އަކީ މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ސްޕޯކްސް ޕާސަނަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީއެވެ.

Leave a comment

Your email address will not be published.