.
23 November 2019
މަޤްބޫލު ޙަބަރު

އެމްޑީޕީގެ ރައީސަކަށް، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް މުހައްމަދު ޝިފާޒު އިންތިހާބުވެ ވަޑައިގެންފިއެވެ.

މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ޕާޓީގެ ނައިބުކަމުގެ މަގާމަށް ޝިފާޒު އާއި އެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވާދަކޮށްފަ އެވެ. އެދެ ބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ ފަރަގު އަދި ސާފުވާގޮތް ނުވެފަ އެވެ. ނަމަވެސް ޕާޓީގެ އާންމުމެންބަރުންގެންދަނީ ޝިފާޒަށް މަރުހަބާ ކިޔަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ 87439 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©