މުޙައްމަދު އިބްރާހިމް
23 November 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސުމްޕާ ކަމުން ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރަން މަސައްކަތް ކުރާނެ ކަމަށް ޝައިހް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިންނަށް އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތު ދޭން ނުޖެހޭ ކަމަށާއި އަދި އެމަނިކުފާނަށް ޑރ. އިޔާޒު އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުތަކެއްގައެވެ.

ޑރ. އިޔާޒު ވިދާޅުވީ، ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިން އުންމަތަށް އަންގަވާފައިވާ ބަސްފުޅެއްގައި “ތިމަން ކަނލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ނަމަވެސް އަނެކުންނަށް ފޯރުކޮށްދޭށެވެ،” އަންގަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި އުންމަތުގެ މީހުންނަކީ އެންމެ ހެޔޮ އުންމަތުގެ މީހުން ކަމުގައި ލައްވާފައި ވަނީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރާތީ ކަމަށާއި ޔަހޫދީންގެ މައްޗަށް ލައުނަތް ލެއްވީ އެބައިމީހުންގެ ތެރޭގައި ކުރެވޭ ނުބައި ކަންތައް ނަހީ ނުކުރާތީ ކަމަށް ވިދާޅުވެފައިވެއެވެ.

“ވީމާ މަނިކުފާނަށް (ރައީސް ނަޝީދަށް) ދަންނަވަން. ކިތަންމެ ކޯފާވިޔަސް ﷲގެ ދީން މީސްތަކުންނަށް ބަޔާން ކޮށްދިނުމުގައި ފަހު ނޭވާ އާއި ހަމައަށް ﷲގެ ރަހްމަތާއެކު ދެމި ހުންނާނަން. އަދި މަނިކުފާނުގެ ސުމްޕާ ކަމުން މި ގައުމާއި ރައްޔިތުން ހިމާޔަތްކޮށް ދެއްވުން އެދި ދުއާކޮށް މަސައްކަތް ވެސް ކުރާނަން،” ޑރ. އިޔާޒުގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ލ.ގަމު ތުނޑީއަވަށުގައި ހެދި އެމްޑީޕީ ހަރުގޭގައި ދިދަ ނެގުމަށް މިއަދު ހަވީރު ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން އުއްމީދުކުރާ ތަރައްގީ އާއި ހަމަޖެހޭ ދިރިއުޅުން ހޯދަން ބޭނުންވާނަމަ ރާއްޖޭގައި އާންމު މަސްލަހަތު ހިފަހައްޓަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ހަނގުރާމައަށް ފޮނުވާ އަދި ޓެރަރިސްޓް ޖަމާއަތްތައް ހިންގަމުން އަންނައިރު، އެ ޖަމާއަތްތައް ހިންގާ ގޮތް ސާފުވެފައިވާ ކަމަށާއި އެގޮތުން އެޖަމާއަތްތަކުގައި ފުރަތަމަ ތިބެނީ ދައުވަތުދޭ މީހުން ކަމަށެވެ. އަދި އެމީހުން ދައުވަތު އެދެނީ ހަނގުރާމައަށް ކަމަށާއި އެކަން ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުކޮށް ކިޔައިދޭ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

  1. އިސްލާމް ދީނާ ދިވެހި ޤައުމު ދެކެ އެންހާ ދިވެހިން ލޯބި ވާން ޖެހޭނެ އަދި މަޞްލަޙަތު އިސްކުރުމަށާ އަރައިރުން ނޫފެދޭގޮތް އިޚްތިޔާރުކުރުން މުހިއްމު.

haftha.mv ©