.
24 November 2019
މަޤްބޫލު ޙަބަރު

ޖާރިޔާއިންގެ ގޮތުގައި މިރާއްޖޭގެ ޖިންސުއްލަތީފުން މުޅި މެދުއިރުމަތީގައި ވިއްކައި ރާއްޖެ އިންތިހާއަށް ބަދުނާމު ކޮށްފިކަމުގައި ކުޜީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖާރިޔާއިންގެ ގޮތުގައި މި ރާއްޖޭގެ ޖިންސުއްލަތީފުން މުޅި މެދުއިރުމަތީގައި ވިއްކާ، ރާއްޖެ އިންތިހާއަށް ބަދުނާމު ކޮށްފައިވާކަމަށެވެ. އަދި ރާއްޖެ ވަނީ ނުރައްކަލުގެ ތުންފަތަށް ގެނެސްފައިކަަމަސާއި އެހްނަކަމުން އެއީ ވަރިހަމަ ކޮށްގެން ތިބެންވާނެ ކަމެއް ނޫން ކަމަށެވެ.

” އަޅުގަނޑުމެންގެ އަންހެން ދަރިން، ޖިންސުން ލަތީފުން މިރާއްޖޭގެ ޖާރިޔާއިންގެ ގޮތުގައި މުޅި މެދުއިރުމަތީގައި ވިއްކައިފި، އަޅުގަނޑުމެންގެ ރާއްޖެ އިންތިހާއަށް ބަދުނާމު ކޮށްފި، އަޅުގަނޑުމެންގެ ރާއްޖެ ނުރައްކަލުގެ ތުންފަތަށް އެމީހުން ގެނެސްފި، މިއީ އަޅުގަނޑުމެން ވަރިހަމަ ކޮށްގެން ތިބެންވާނެ ކަމެއް ނޫން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ އެތައް ގައުމެއްގައި މިއަދު ވެސް ދިވެހި ދަރިން ހަނގުރާމަ ކުރަމުން ގެންދާ ކަމަށާއި، އެހެންކަމުން އިސްލާމް ދީނަށް ދައުވަތުދޭ މީހުން އެދޭ ދައުވަތަކީ ހަނގުރާމައަށް ދިއުމަށް ދޭ ދައުވަތެއް ކަމަށެވެ.

” މިއީ އިސްލާމީ ގައުމެއް. މިތަނުގައި މުޝްރިކުންނެއް، ކާފަރުންނެއް ނެތް. ދައުވަތު އެ ދެނީ ހަނގުރާމައަށް ދިއުމަށް. ދައުވަތު ދީގެން އެ ގެންދަނީ ހަނގުރާމައަށް. އަޅުގަނޑުމެންގެ ދަރިންތައް ސީރިއާގައާ ލީބިޔާގަ އާއި އަފްޣާނިސްތާނުގައި ބައިވަރު. ރަނގަޅު ކައުންސިލެއް އުފެދޭހާ ކުދިން އެބަތިބި ހަނގުރާމައިގެ މައިދާނުގައި ވިއްސާފައި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©