Sun, 7 June, 2020, 3:22 pm
ކޭބަލް ކާރުން ގުޅާލުމުގެ ދިރާސާއަށް އިޓަލީގެ ކުންފުންޏެއްގެ ވެރިން ކާށިދޫ އަދި ގާފަރުގައި
4

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އެޅުމުގެ މަސައްކަތުގެ ދިރާސާ ކުރުމަށް އިޓަލީގެ ކުންފުންޏެއްގެ އިސްވެރިން އެ ދެ ރަށަށް ވަޑައިގެންފިއެވެ.

ކާށިދޫ އައި ގާފަރާ ދެމެދު ކޭބަލް ކާރުން ގުޅާލުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. އަދި ޖާބިރު ވަނީ 30،000 މީހުންގެ އާބާދީގެ ބޮޑު ސިތީއަކަށް އޭނާ ތަސައްވަރެއް ޕުލޭން ކުރައްވައިފައެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތުގެ ދިރާސާ ކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި، ސިންޓެކްނިކާ އިންޖިނިއަރިންގެ ރައީސް ލޫކާ އާއި އެސޯސިއޭޓް މާކަސް އެ ދެރަށަށް ވަޑައިގެންފައިވާ ކަމަށެވެ.

ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ އިތުރުން ޖާބިރުގެ ޕްލޭނަކީ ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ކާށިދޫ ދާއިރާއަށް 100 މިލިއަން އިންވެސްޓު ކުރުމެވެ. އެގޮތުން ކާށިދޫގެ ގިނަ އަދަދެއްގެ ގޯތި އޭނާ ގަނެފައިވާއިރު ބައެއް ބިން އޭނާ ވަނީ ކުއްޔަށް ވެސް ނަގައިފައެވެ.

އޭގެ އިތުރުން މިދިޔަ މާޗް މަހު ކާށިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޖާބިރު ވަނީ، އެރަށުން އޭނާ ގަނެފައިވާ ބިމެއްގައި 10 ބުރީގެ ޖެނެރަލް ހޮސްޕިޓަލެއް ވެސް އެޅުމަށް ނިންމާފައިވާ ކަމަށާއި އަދި ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެއާޕޯޓު އެޅުމުގެ ހުއްދަ ލިބުމާއެކު 18 މަސް ދުވަސް ތެރޭގައި އެ އެއާޕޯޓް އަޅައި ނިންމައިދޭނެ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

Leave a comment

Your email address will not be published.