.
25 November 2019
މަޤްބޫލު ޙަބަރު

މަންޓާ އެއަރއިން ރާއްޖޭގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެހެންނަމަވެސް މަންޓާއިން ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ކޮން މަޒިލަކަށްކަމެއް އެއަރލައިނުން އަދި ހާމައެއް ނުކުރެއެވެ.އެހެންނަމަވެސް ކުރިޔަށް އޮތް ހަފްތާތެރޭގައި އަލަށް ދަތުރުފަށާމަންޒިން ހާމަކުރާނެކަމަށް މަންޓާ އެއަރގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވިއެވެ.

މަންޓާއެއާއިން މިހާރު ދަތުރުތައް ކުރަނީ ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫއަށެވެ.

މަންޓާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ ތިންވަނަ އެއަރލައިނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 2019ވަނައަހަރުގެ ފެބްރުއަރީ މަހުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©