Sat, 6 June, 2020, 4:30 pm
ފިރިހެނުންތަކަކާއި އެކު ޕާޓީކުރަނިކޮށް ހައްޔަރުކުރި މަލް ދޫކޮށްލައިފި
15

ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި، މަލީހާ ވަހީދު ދޫކޮށްލައިފި އެވެ.

އެހެންނަވެސް މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް ވަކިއެއްޗެއްބުނެފައި ނުވިނަމަވެސް މަލީހާގެ ގާތް އެކުވެރިއެއްގެ ފަރާތުން “ހަފްތާ” އަށް މައުލޫމާތު ލިބިފައިވަނީ މަލީހާ މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި ބައެއް އެހެން މީޑިޔާތަކުންވެސްވަނީ މަލީހާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މަލީހާ ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޭނުކޮށް ޕާޓީ ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރޭ 20:04 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަލީހާއި އެކު 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެރޭ ގެންދިޔަ ނަމަވެސް މުއްދަތު ޖަހަން ކޯޓަށް އެމީހުން ގެންދިއުމުން އޭގެ ތެރެއިން ތިން ފިރިހެނަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ. އަދި ފަސް ފިރިހެނެއްގެ ބަންދަށް އަށް ދުވަސް ޖެހިއިރު މަލީހާ ހިމެނޭހެން ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތަށް ވަނީ ހަތަރު ދުވަސް އިތުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި މަލީހާ ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް ޖެހި މުއްދަތު މިމަހުގެ 23ވަނަދުވަހަށް ހަމަވެފައި ވާތީ އެވެ.

Leave a comment

Your email address will not be published.