Sun, 7 June, 2020, 1:14 pm
ހަނގުރާމަތަކަށް ދިވެހިން ފޮނުވާ، މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި މީހަކުވަނީ ހައްޔަރުކޮށްފަ: އިމްރާން
4

ރާއްޖެއިން ބޭރުގައި ހިގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހު މީހަކު ރާއްޖެއިން ހައްޔަރުކޮށްފައިވާކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެހިންތަކެއް ރާއްޖޭގައި ތިބި ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފަ އެވެ. އަދި އެ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެހެންކަމުން އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހު މީހަކު ހައްޔަރު ކުރެވިފައިވާކަމަށާއި، އެމީހަކީ އެގާނޫނުގެ ދަށުން ހައްޔަރު ކުރެއްވުނު ފުރަތަމަ މީހާ ކަމަށް ވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދި ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ ދިވެހި މީހެއް ކަމަށްވާ، މުހައްމަދު އަމީން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

Leave a comment

Your email address will not be published.