

ފަނޑިޔާރުން މަގާމުން ވަކިކޮށްގެން އެކަނި ޝަރުއީ ނިޒާމު އިސްލާހުނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ރައީސް ނަޝިދު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުން ބަދަލުކޮށްގެން ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމަކީ ކަށަވަރުކުރަން އެމަނިކުފާނަށް އުނދަގޫ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ މާދަމާ މަގާމުން ވަކިކުރުމުން ސުޕްރީމް ކޯޓުގެ ބެންޗު މުޅިން ބަދަލުވީ ކަމަށާއި އެހެންނަމަވެސް ޝަރުއީ ދާއިރާ މުޅިން އިސްލާހުވީނޫންކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް، މީހުން ތަމްރީނު ކުރުމާ ފަނޑިޔާރުންނަށް ދިމާވާ މައްސަލަތަކުގެ އިތުރުން ފަނޑިޔާރުންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ފަޑިޔާރުން މަގާމުންވަކިކޮށްގެން ޝަރުއީ ދާއިރާ އިސްލާހުނުވާނެކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއިރު މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަނީ ވަކިކޮށްފައެވެ.އަދި މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފަނޑިޔާރުގެ އިސްލާހްކޮށް އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.
