މުޙައްމަދު އިބްރާހިމް
26 November 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ސަރަހަދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ދިވެހި މަސްވެރިން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު އިރުން 10 ނޯޓިކަލް މޭލު ބޭރުން ދިވެހި މަސްވެރިންތަކެއް ބޭރުގެ މަސްބޯޓެއް ހިފަހައްޓާ އެކަމުގެ ރިޕޯޓް ހުށައަޅާފައިވަނީ މެންދުރު 11:25 އެހާކަންހާއިރު ކަމަށެވެ.

އެ ބޯޓަކީ ލަންކާގެ ބޯޓެއް ކަމަށާއި އޭގައި ހަތް މީހުން ތިބިކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެ ބޯޓު މިހާރު ވަނީ ގއ.ކަނޑުހުޅުދޫއަށް ދަތުރު ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ، ދަތުރުކުރާ މިފަދަ އުޅަނދު ފަހަރު މަސްވެރިން ނުހިފެއްހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޝައްކުކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަމްބަރު 119 ގުޅާ ރިޕޯޓްކުރުމަށް ވެސް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ހަތް މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މާލޭގެ އިރުން 175 މޭލެ ބޭރު އެ ބޯޓުތައް އަތުލައިގެންއިރު އެތަނުން ދެ ބޯޓުން މަސްވެރިކަން ކުރަމުންދިޔައީ ދާ އަޅައިގެންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©