މުޙައްމަދު އިބްރާހިމް
26 November 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު، ކަޅުވަކަރު މިސްކިތް އަލުންރާވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް ފައިސަލު މިއަދު ހަވީރު އެ ސަރަހައްދަށް ވަޑައިގެން، ކަޅުވަކަރު މިސްކިތް ރޭވުމުގެ މަޝްރޫއަބެހޭ މައުލޫމާތު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ހޯއްދެވިއެވެ.

މީގެ އިތުރުން ހެރިޓޭޖް މިނިސްޓްރީން ހިންގަމުން އަންނަ ގައުމީ ދާރުލްއާސާރުގެ އިމާރާތަށް ޒިޔާރަތްކުރައްވައި އެ އިމާރާތުގައި ކުރަމުންދާ ބައެއް މަސައްކަތްތަކާއި އިމާރާތުގެ ހާލަތު ބައްލަވާލެއްވިއެވެ. އަދި އެ އިމާރާތުގައި ގައުމީ އަރުޝީދުގެ ދަށަށް ގެނެވޭ ދުވަސްވީ ލިޔުންތައް ރައްކާކުރާ ތަނަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރޫޅާލައިގެން ނެގި ކަޅުވަކަރު މިސްކިތް ހޯދައި، މަރާމާތުކޮށް، އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެގޮތުން ސަލްޓަން ޕާކުގައި ކުރިން ހުރި މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ދިރާގު ހެޑް އޮފީސް ކުރިން ހުރި ބިމުގައި ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ތަފާތު ކުރެހުން އަޅައި، ފާރުތައް ހިރިގަލުން ހަދާފައި ހުރި ކުޑަކުޑަ ކަޅުވަކަރު މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ، 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©