މުޙައްމަދު އިބްރާހިމް
27 November 2019
މަޤްބޫލު ޙަބަރު

ގދ. މަޑަވެލީ ފަރު މައްޗަށް މަސް ހިފަން ގޮސް އުޅެނިކޮށް، ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަސް ހިފާ ދަލެއް ހިފައިގެން މިއަދު މެންދުރު 1:00 ގައި އެރަށުގެ ފަރު މައްޗަށް ދިޔަ ފަހުން، ހަބަރެއް ނުވެގެން ހޯދަމުންދިޔައީ މަޑަވެލި/ ގަމަރީ، މުހައްމަދު ސައީދު، 72 އެވެ.

މަޑަވެލި ސިއްހީ މަރުކަޒުގެ ވެރިޔާ ވިދާޅުވި ގޮތުގައި، އޭނާ ފެނުނީ، މަސް ހިފަން ދިޔަ ސަރަހައްދުންނެވެ. އަދި ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަރުވީ ކިހިނެތް ކަމެއް އަދި ނޭނގެއެވެ.

މަޑަވެލި ކައުންސިލުގެ ނައިބް ރައީސް އަޒަމް މުހައްމަދު ވިދާޅުވި ގޮތުގައި، އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އާއިލާއިން ކައުންސިލަށް ހުށަހެޅީ މިރެއެވެ. އަދި އެ މައުލޫމާތު މިހާރު ފުލުހުންނާއި އެމްއެންޑީއެފަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ހިތުގެ ބަލިކަމެއް ހުންނަ އެމީހާއަކީ އާންމު ގޮތެއްގައި ރަށުގެ ފަރުމައްޗަށް މަސް ހިފަން ގޮސް އުޅޭ މީހެއް ކަމަށް ވެސް އަޒަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©