

ފުލުހުންގެ މުވައްސަސާތަކުގެ ތެރޭގައި ހަރުކަށި ވިސްނުމުގެ ބައެއް ނެތްކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި ދީނީ ގޮތުން ހަރުކަށި ވިސްނުމާއި، އެވިސްނުން ގެންގުޅޭ މީހަކު ދިވެހި ފުލުހުންގެ މުވައްސަސާތެރޭގައި ނެތްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
“ފުލުހުންގެ ފޯސްގައި ހަރުކަށި ވިސްނުމުގެބަޔަކުނެތް. ފުލުހުންގެ މުވައްސަސާ އޮތީ އެއަށްވުރެ މާބޮޑަށް ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކަތި ގަނޑެއްގެ ގޮތުގައި. ” ކަމިޝަނާއޮފް ޕޮލިސް ވިދާޅުވިއެވެ.
ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ހަރުކަށި ވިސްނުމުގެ ފިކުރު ފަތުރެމުންދާބަޔަކީ ކޮބައިކަން ފުލުހުން ދެނެގެންފައިވާކަމަށާއި، ފުލުހުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަމާންކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، މުޖުތަމައުގައި ހިނގާ ހަރުކަށި ވިސްނުމާއި، ސަލާމަތަށް ނުރައްކާވާކަންކަން ހުއްޓުވުމަށްކަމަށް ސީޕީ ވިދާޅުވިއެވެ.
