Sun, 7 June, 2020, 2:41 pm
ދުނިޔޭގެ އެންމެ ނުފޫޒުފަދަ މުސްލިމުންގެ ތެރޭގައި ޑރ. ޝަހީމު
8

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ބޭފުޅުންގެ ލިސްޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހިމެނިވަޑައިގެންފިއެވެ.

“ދަ 500 މޯސްޓް އިންފުލުއެންޝިއަލް މުސްލިމުސް”ގެ ލިސްޓަކީ މުސްލިމު އެކި ގައުމުތަކުގެ ވެރިންނާއި އިސް ދީނީ އިލްމުވެރިން ހިމަނައިގެން އުރުދުންގެ އައްމާންގައި ހުންނަ ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީސް ސެންޓަރުން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ލިސްޓެކެވެ.

އެގޮތުން މިއަހަރުގެ އަދަދުގައި ރާއްޖެއިން ހަމައެކަނި ހިމެނިވަޑައިގެންނެވި ބޭފުޅަކީ ޑރ. ޝަހީމެވެ. އޭނާ ހިމެނިވަޑައިގަތީ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެން އެ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ކެމްބޯޑިއާގެ ނުވަ ބޭފުޅަކާއި އިންޑޮނޭޝިއާގެ ހަތަރު ބޭފުޅަކައި ޕާކިސްތާނުގެ ދެ ބޭފުޅެއްގެ އިތުރުން ރާއްޖެ، ތަޖިކިސްތާން، އުޒްބެކިސްތާން އަދި ސްރީ ލަންކާއިން ބޭފުޅެކެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމު ވެސް އަދާކުރެއްވި ޑރ. ޝަހީމު މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމެވެ.

Leave a comment

Your email address will not be published.