މުޙައްމަދު އިބްރާހިމް
27 November 2019
މަޤްބޫލު ޙަބަރު

ކޯޓުން ބޭރުން ކުޑަކުދިންނާކުރާ ކައިވެނީގެ މައްސަލަތައް ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ ކަންތައްތައް ކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފިއެވެ.

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަ ފެންމަތިވުމާއި ގުޅިގެން އެމްއާރުއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ މުޖުތަމައުގައި ގާނޫނާ ހިލާފަށް ކުޑަކުދިން “ކައިވެނި” ކޮށްދީ، އެކުދިންނާމެދު ވަރަށް އިހާނެތިކޮށް އަމަލު ކުރެވެމުންދާ ކަމުގެ ހަބަރުތައް މީޑިއާގައި ދައުރު ވަމުންދާ ކަމަށެވެ.

އެގޮތުން ކުޑަ ކުއްޖަކަށް އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން، ތިން ފަހަރެއްގެ މަތިން ކައިވެނީ ގެ ނަމުގައި ޖިންސީ އަނިޔާ ލިބި، 12 އަހަރުގައި ބަލިވެ އިނދެ 13 އަހަރުގައި ވިހެއި ހަބަރަކީ ރާއްޖޭގެ ރައްޔިތުން ކަންބޮޑުވި އެއް ހަބަރުކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެފަދަ ކަންކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ހޯދައި ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އަދި ކުރިއަށް އޮތްތަނުގައި އެފަދަ ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވަމަށް ކުރެވެން ހުރި އެންމެހާ ކަންތައްތައް ކުރުމުގައި، އަވަސް ފިޔަވަޅުތައް އެޅުމަށާއި އަނިޔާ ލިބުނު ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާގެ މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ، ކައިވެނީގެ ނަމުގައި ގުޅުން ހިންގައި، ބަލިވެ އިން ކުއްޖާގެ ބައްޕައަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އއ. ހިމަންދޫގައި 2007 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހެއްކަން އެނގޭ ކަމަށެވެ.

އަދި އެއީ ޝަރުއީ ނިޒާމުން ބޭރުން ކައިވެނީގެ ނަމުގައި މީހަކު އެކުއްޖާއާ ގުޅުމެއް އުފައްދާ ފުރަތަމަ ފަހަރު ނޫންކަން ވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©