Fri, 29 May, 2020, 5:30 pm
ރައީސް އޮފީސް --- ފޮޓޯ/ ޔޯމޭޑް
ޕީޖީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
2

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމް މިއަދު އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 2:00 އަށް ކަމަށެވެ. ކުރިއަށް އޮތީ ހަފްތާ ބަންދެއް ކަމުން އެ މަގާމަށް ކުރިމަތިލުމަށް އެ ލިބުނީ އެންމެ ހަ ގަޑިއިރެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ބިޝާމް އައްޔަން ކުރެއްވީ މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނޮވެމްބަރު 24، 2015 ގައެވެ.

ނަމަވެސް އެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިމިވަނީ އެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ.

އަދި އެ ކޮމެޓީއަށް ހާޒިރުވުމަށް މިއަދު އޭނާއަށް އަންގާފައިވާއިރު އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކުކުރާ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އިސްތިއުފާގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވައިފައެވެ.

ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ ކުރިން ވެސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، ސުވާލު ކޮށްފައިވެއެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވިއެވެ.

Leave a comment

Your email address will not be published.