މުޙައްމަދު އިބްރާހިމް
30 November 2019
މަޤްބޫލު ޙަބަރު

އުތުރުގެ ހަތަރު ރަށް ކަމަށްވާ ހދ. ފިނޭ، ހއ. އުލިގަމް، ށ. ނަރުދޫ އަދި އެ އަތޮޅު ފޯކައިދޫގައި އަލަށް އިމާރާތްކުރާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މި ހަތަރު ރަށުގައި އަޅާ އާ އިންޖީނުގޭގެ ބިންގާ ވެސް ފެނަކައިގެ ފަރާތުން އަޅައިދިނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މި ހަތަރު އިންޖީނުގެއަށް ޖުމްލަ 21 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ފެނަކައިން ބުނެއެވެ.

ހަތަރު ރަށުގައި އަޅާ އާ އިންޖީނުގޭގެ ތަފްސީލު:

ހދ. ފިނޭ:

ޕްރޮޖެކްޓް ހަވާލުކުރި ކުންފުނި: އެލްއެފް ކޮންސްޓުރަކްޝަން ޕްރައިވެޓް ލިމިޓެޑް

ޕްރޮޖެކްޓުގެ އަގު: 5.2 މިލިއަން ދިވެހި ރުފިޔާ

ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހު: ނޮވެމްބަރު 13، 2019

ޕްރޮޖެކްޓް ނިންމަން އެއްބަސްވި ތާރީހު: މާރިޗް، 19، 2020

ހއ. އުލިގަމު

ޕްރޮޖެކްޓް ހަވާލުކުރި ކުންފުނި: ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ޕްރޮޖެކްޓުގެ އަގު: 5.6 މިލިއަން ދިވެހި ރުފިޔާ

ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހު: ނޮވެމްބަރު 6، 2019

ޕްރޮޖެކްޓް ނިންމަން އެއްބަސްވި ތާރީހު: މެއި 1، 2020

ށ. ނަރުދޫ

ޕްރޮޖެކްޓް ހަވާލުކުރި ކުންފުނި: ސީސައިޑް ޕްރައިވެޓް ލިމިޓެޑް

ޕްރޮޖެކްޓުގެ އަގު: 5.1 މިލިއަން ދިވެހި ރުފިޔާ

ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހު: ސެޕްޓެމްބަރު 26، 2019

ޕްރޮޖެކްޓް ނިންމަން އެއްބަސްވި ތާރީހު: ޖަނަވަރީ 1، 2020

ށ. ފޯކައިދޫ

ޕްރޮޖެކްޓް ހަވާލުކުރި ކުންފުނި: ވަލީދު ކޮންސްޓަކްޝަން

ޕްރޮޖެކްޓުގެ އަގު: 5.6 މިލިއަން ދިވެހި ރުފިޔާ

ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީހު: ނޮވެމްބަރު 13، 2019

ޕްރޮޖެކްޓް ނިންމަން އެއްބަސްވި ތާރީހު: އޭޕްރިލް 19، 2020

Leave a Reply

Your email address will not be published.

haftha.mv ©