Sun, 7 June, 2020, 1:19 pm
ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ --- ފޮޓޯ/ އޭއެފްޕީ
ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި
2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމަށްޓަކައި، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެ ހުކުމަށްފަހު ރައީސް ޔާމީން ފުރަތަމަ ބަންދު ކުރައްވާފައި ހުންނެވީ މާލޭ ޖަލުގައެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލު އަހުމަދު ނަސީމު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށްޓަކައި މިއަދު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކޮށްފައިވާއިރު، އެމަނިކުފާނު ބަންދުގައި ހުންނެވި މާލޭ ޖަލުގެ ގޮޅީގެ ހާލަތު ވަރަށް ދަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް ޔާމީން އެހެން ތަނަކަށް ބަދަލުކޮށްދިނުމަށާއި އިސްތިއުނާފުގެ މައްސަލަ ނިމެންދެން ގެއަށް ބަދަލުކޮށްދިނުމަށް ވެސް ޖަމީލު ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން ރައީސް ޔާމީނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ވެސް މައްސަލަ ވަނީ ހުށަހަޅައިފިއެވެ.

Leave a comment

Your email address will not be published.