Sun, 7 June, 2020, 2:13 pm
Photo: Mihaaru
ފަނޑިޔާރުންނަށް ހުތުރު ބަހެއް ބޭނުމެއް ނުކުރަން، އިންޒާރެއް ވެސް ނުދެން: އަދުރޭ
5

ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަހެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ކުރިމިނަލް ކޯޓު ސަރަހައްދުގައި އެދުވަހު ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ހުކުމް ކުރި ފަނޑިޔާރުންނަށް ހުތުރު ބަހެއް ބޭނުންކޮށް، އެ ފަނޑިޔާރުން ޖަލަށް ލާނެ ކަމުގެ އިންޒާރު ދީފައިވަ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އަދި އެ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުލުހަށް ހުށަހެޅުމުން، މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް ވަނީ ޗިޓު ވެސް ފޮނުވައިފައެވެ.

ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދުރޭ ވިދާޅުވީ، ފަނޑިޔާރުންނަށް އިންޒާރުދީ ބޭއަދަބީ ބަހުން ވާހަކަދެއްކެވި ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

އަދި އޭނާގެ ކުރިން ފަނޑިޔާރުންނަށް އިންޒާރުދިނުމުގެ މައްސަލައިގައި ފުލުހަށް ހާޒިރުކުރަން ޖެހޭނީ ކުރީގެ ބަންޑާރަނައިބު އަދި މިހާރު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި އެމްޑީޕީގެ ބޭފުޅުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީތަކަކީ ކޯޓުތަކަށް ވަރަށް އިހުތިރާމްކުރާ އަދި އުސޫލުގެ ތެރެއިން ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބާވާ ބައެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި ކޯޓުތަކަށް ފާޑުކިޔަނީ އެ ހުކުމް އިއްވާފައިވަނީ އުސޫލާ ހިލާފަށް ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.