މުޙައްމަދު އިބްރާހިމް
01 December 2019
މަޤްބޫލު ޙަބަރު

ރަށްރަށުގައި ގާއިމުކޮށްފައިވާ އިންޖީނުގެތަކަށް ފަންނީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ފެނަކައިގެ ފަންނީ މުވައްޒަފުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

ފެނަކަ އިންޖިނިއަރުންގެ މަހާސިންތާ އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި މަހާސިންތާގައި ފެނަކައިގެ 152 ބުރާންޗުން ޖުމްލަ 189 ފަންނީ މުވައްޒަފުން ބައިވެރިވެއެވެ.

ފެނަކައިން ބުނީ، މި މަހާސިންތާގެ މަގުސަދަކީ ފެނަކައިެގ އިންޖިނިއަރުންނާއި ބުރާންޗުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އެއްތަނަކަށް އެއްވެ، ރަށްރަށުގައި ގާއިމްކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުން ކަމަށެވެ.

އޭގެ އިތުރުން ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ ހަރުދަނާކަމާއި އިތުބާރާއެކީ ފޯރުކޮށްދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©