މުޙައްމަދު އިބްރާހިމް
01 December 2019
މަޤްބޫލު ޙަބަރު

އެކާވީސް ވަނަ ގައުމީ ކެޑޭޓް ކޭމްޕު ފަށައިފިއެވެ.

ކ. ގިރިފުށީގައި ބާއްވާ އެ ކޭމްޕު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރު ބުރިގޭޑިއާ ޖެނެރަލް ވައިސް ވަހީދެވެ.

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ކެޕްޓަން ރިއްފާން ވިދާޅުވީ، މިއަހަރުގެ ކޭމްޕުގައި މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ 32 ސުކޫލަކުން 118 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އޭގެ އިތުރުން ދައުވަތު އެރުވުމުން ރާއްޖޭން ބޭރުގެ ހަތަރު ގައުމަކުން 16 ކެނޑޭޓަކު މިއަހަރުގެ ކޭމްޕުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކެނޑޭޓުންނަކީ ބަނގުލަދޭޝް، ނޭޕާލް، އިންޑިއާ އަދި ސްރީލަންކާގެ ކެނޑޭޓުންނެވެ. އަދި އެ ގައުމުތަކުން ޖުމްލަ ފަސް އޮފިސަރުން ވެސް ކޭމްޕުގައި ބައިވެރިވާނެ ކަމަށް ރިއްފާން ވިދާޅުވިއެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މުދައްރިބުންނާއި ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©