މުޙައްމަދު އިބްރާހިމް
02 December 2019
މަޤްބޫލު ޙަބަރު

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ޖޭއެސްސީގެ ރައީސް ހިސާން ހަސަން ރިޔާސަތު ބެލެހެއްޓެވި އެކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައެވެ.

އެގޮތުން، ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށާއި އެހެންވެ، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ހުށަހަޅަން ނިންމާފައިވާ މިވަނީ، ސަސްޕެންޑުކޮށް އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހުއެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް އެ ފޮޓޯ ވައިބާ ގުރޫޕަށް ލީއިރު އެއީ އެބޭފުޅުންނަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއްކަން ނޭނގޭ ކަމަށް ވިދާޅުވެ ހައިލަމް ނެރުނު ބަޔާނެއްގައި ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©