• Sun, 5 July, 2020, 1:55 am

  “ހުކުރު މިސްކިތުގެ މުނާރު އާބާތުރަ ނުފެށި ވަނީ މޫސުން ތަންނުދޭތީ”

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މާލޭ ހުކުރު މިސްކިތުގެ މުންނާރު ދޮވެ ސާފުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ނުފެށި ވަނީ މޫސުން ތަންނުދޭތީ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

  މުންނާރު ބާވެ ކުލަ ވެއްޓިފައިވާތީ މުންނާރުގެ ފޮޓޯތަކާއެކު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.

  ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް، އާބާތުރަ ފިލުވުމަށް މި މަރުކަޒުން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން، ދާދި ފަހުން ސޮއިކުރި އެއްބަސްވުމެއްގައި ދަށުން ސްޓެލްކޯއާ ގުޅިގެން މުންނާރާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

  އަދި އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ތަންނުދޭތީ އެ މަސައްކަތް ކުރެވޭގޮތް ނުވެފައިވާ ކަމަށް މަރުކަޒުން ބުނެއެވެ.

  ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މާލެ ހުކުރު މިސްކިތު މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ.

   އެގޮތުން، ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއްކަމުން މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވައެވެ.

  ނަމަވެސް އުވައަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫން ކަމަށާއި އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވާ ކަމަށް ތަރިކަ ރައްކާތެރިކުރާ މަރުކަޒުގެ ބަޔާނުގައިވެއެވެ.

  އޭގެ އިތުރުން މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ މި މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

  އެހެންކަމުން، ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތެ ކުރިއަށް ގެންދާނެ ކަމަށް ތަރިކަ ރައްކާތެރިކުރާ މަރުކަޒުގެ ބަޔާނުގައިވެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.