Sun, 7 June, 2020, 2:33 pm
ވަކިކުރަން ނިންމާފައި ވަނިކޮށް، އިސް ގާޒީ ހައިލަމް އިސްތިއުފާ ދެއްވައިފި
3

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަައިލަމް އިސްތިއުފާ ދެއްވާފައިވަނީ އިއްޔެއެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

އެގޮތުން އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ގާޒީ ހައިލަމް މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. އަދި އޭރު އޭނާ ހުރީ ސުލޫކީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން، ޖޭއެސްސީގެ އިއްޔެ ބައްދަލުވުމުގައި ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށާއި އެހެންވެ، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

Leave a comment

Your email address will not be published.