Wed, 22 January, 2020, 4:30 am
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނު އަސާސީ އަށް މި ބަދަލު ގެންނަން ބިލު ހުށަހެޅީ ހިތަދޫ އުތުރު ދާއިތާގެ މެމްބަރު މުހައްމަދު އަސްލަމެވެ. މި ބިލު ފާސްވީ 69 މެމްބަރުންގެ ވޯޓުންނެވެ.

ބިލް މަޖިލިހުން ފާސްކުރީ އިތުރު ދެ އިސްލާހާއެކުއެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

ދެވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. އެހެންކަމުން ގާނޫނު އަސާސީ އަށް ގެނައި މި ބަދަލު ތަސްދީގުކޮށްދިނަމަ ދެން އިންތިހާބު ކުރާ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުވާނެއެވެ.

މި ބަދަލު ގެންނަން ފާސްކޮށްފައިވާއިރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

Leave a comment

Your email address will not be published.