Wed, 22 January, 2020, 4:17 am
މަޖިލީހަށް ކައުންސިލަރުން ވަކިކުރެވޭނެ ގޮތަށް ހަދައިފި

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފިއެވެ.

ކައުންސިލަރުން މަގާމުން ވަކި ކުރުމުގެ ބަޔަކީ ސަރުކާރުން ބިލު ހުށަހެޅިއިރު ބަޔާންކޮށްފައިވާ ބައެއް ނޫނެވެ. މި ބައި ހިމަނާފައި މިވަނީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރަން ފެށި ހިސާބުންނެވެ.

ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.

އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ބަދަލު ކުރުމަށް ފާސްކޮށްފައެވެ.

Leave a comment

Your email address will not be published.