Wed, 22 January, 2020, 4:22 am
ސިފައިން މީގެކުރިން މާލޭގައި ކުރިޔަށް ގެންދިޔަ ތަމްރީނެއް: ފޮޓޯ / އެމްއެންޑީއެފް
ސިފައިން މާލޭގައި ތަމްރީނެއް ކުރިއަށް ގެންދަނީ، ބަޑިވެސް ޖަހާނެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު މާލޭގައި ހާއްސަ ތަމްރީނުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އެ ތަމްރީންތައް ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 5 އަށް ކަމަށެވެ.. މި ތަމްރީނުގައި ބަޑިވެސް ޖަހާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މާލޭގައި މިފަހުންވެސް އެމްއެންޑީއެފްއިން ވަނީޯ ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް ބަޑިޖހާފައެއް ނުވެއެވެ. އެންމެ ފަހުން މާލޭގައި ބޭއްވި ތަމްރީނެއްގައި ސިފައިން ބަޑި ޖަހާފައި ވަނީ 1990ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ.

އާއްމުކޮށް ބަޑިއާ އެކު ސިފައިން ތަމްރީނު ކުރަމުން ދަނީ ގިރިފުށްޓާ މާފިލާފުށީގައެވެ. މި ދެ ރަށަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ދެ ރަށެކެވެ.

ގިރިފުށީގައި ދާދި ފަހުން ކުރިއަށް ގެންދިޔަ ތަމްރީނެއްގައި ޖެހި ވަޒަނެއް ވަނީ އެ ރަށު ބޭރުގައި އެވަގުތު އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް އަރައިފައެވެ. އެ ހާދިސާގެ ސަބަބުން ގިރިފުށީގައި ވަޒަން ބޭނުންކުރުން މެދުކަނޑާލިއެވެ. އަދި އެ މައްސަލަ ސިފައިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.