Wed, 22 January, 2020, 3:48 am
ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޑރ. ޝަހީމް

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ނިންމީ ސިޔާސީ މުސްތަގުބަލު ދުއްވާލުމަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މަރު ކޮމިޝަނުން އޭނާގެ މައްޗަށް ދައުވާ ކުރަނީ މަސައްކަތަށް ހުރަސް އެޅުމަށާއި ސިޔާސީ މުސްތަގުބަލު ދުއްވާލަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1202109117147602946?s=20

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ޑރ. ޝަހީމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ. ޝަހީމަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެގޮތުން އެނގި ތިބެ ޑރ އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން ވަނީ އެކުލަވާލާފައެވެ. އެ ލިސްޓުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް 36 މީހެއްގެ ވާހަކަ ފާހަގަކޮށްފައިވެއެވެ.

Leave a comment

Your email address will not be published.