އަހުމަދު މުހައްމަދު
04 December 2019
މަޤްބޫލު ޙަބަރު

މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކ ކުރުމުގެ މަސައްކަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައި ދެއްވައިފިއެވެ.

މުންނާރާއި ހުކުރު މިސްކިތުގެ ހަތަރު ވަޅު ސާފުކޮށް، މަރާމާތްކުރުމުގެ ،މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއަށެވެ. އެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ހަފުލާގައި ރައީސް އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާގެ އިތުރުން ސްޓެލްކޯގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ސާފު ނުކުރާތާ ގިނަ ދުވަސް ވުމުން ވަރަށް ބޮޑަށް ފެހި ޖަހައިފައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިއުން ވެސް ވަނީ ސަރުކާރަށާއި ހެރިޓޭޖް މިނިސްޓްރީއަށް އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ބުނީ ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ. އަދި މުންނާރަކީ ހިރިގަލާއި އުވައިން ހަދާފައުވާ ތަނެއް ކަމަށާއި އެތަނަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށެވެ.

މުންނާރު ސާފުކުރުމުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ މޫސުން ތަންނުދޭތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©