އަހުމަދު މުހައްމަދު
04 December 2019
މަޤްބޫލު ޙަބަރު

ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނިގޮތުގައި ޔޫކްރެއިންއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މި ފިރިހެން މީހާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށެވެ.

އޭރު ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބަލައިދިނުމަށް އެދިފައެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުމަށް ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©