އަހުމަދު މުހައްމަދު
04 December 2019
މަޤްބޫލު ޙަބަރު

ދެހާސް ނާވަރަވަނަ އަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވެ، ހާއްސަ ބަޖެޓުން އިތުރަށް ފައިސާ ނަގައިގެން ހަރަދު ކުރަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާސަންދައަށް 1.08 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ހަރަދުކުރަން ކަނޑައެޅި އަދަދަށްވުރެ 84 މިލިއަން ރުފިިޔާގެ އިތުރުވުމެކެވެ. އާސަންދައަށް މިއަހަރު ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާގެ ބަޖެޓެެކެވެ.

އާސަންދައިންވަނީ މެލޭޝިއާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މި އަހަރުގެ އޮކްޓޯބަރު މަހު “މެރާނާ” އިންޝުއަރެންސް ސްކީމެއްވެސް ތައާރަފްކޮށްފައެވެ. އެ ސްކީމުގައި މީގެކުރިން ހިމެނޭ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާއެވެ.

މިއަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް އެކިކަންކަމަށް ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©