އަހުމަދު މުހައްމަދު
04 December 2019
މަޤްބޫލު ޙަބަރު

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ (އިންކަމް ޓެކްސް)ގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާއި ދެކޮޅަށް 03 މެންބަރުން ވޯޓު ދެއްވިއެވެ.

އިންކަމް ޓެކްސްގެ ބިލު މަޖިލީހުން ފާސްކުރިއިރު އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލަށް ހުށަހަޅާފައިވާ 26 އިސްލާހަކަށްވެސް ވޯޓަށް އެހިއެވެ. އެ އިސްލާހުތަކަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހުތަކެކެވެ. އެ ހުރިހާ އިސްލާހުތަކަކަށް ވަކިވަކިން ވޯޓަށް އަހާ ވަނީ ހުރިހާ އިސްލާހެއް ފާސްކޮށްފައެވެ.

މި ބިލު ދިރާސާ ކުރަމުން ދިޔައީ މުޅި މަޖިލީހުގެ ކޮމެޓީއަކުންނެވެ. ބިލު ދިރާސާ ކުރަމުން ދިޔައިރުވެސް އެމްޑީޕީން ހަ އިސްލާހެއް ހުށަހެޅި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންކަމް ޓެކުހުގެ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރިއިރު ޓެކްސް ނަގާނެ ބްރެކެޓުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބިލު މަޖިލީހަށް ހުށަހެޅިއިރު އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ބްރެކެޓު މިހާރު ވަނީ 60،000 ރުފިޔާއިން މައްޗަށް ބަދަލުކޮށްފައެވެ.

ޓެކްސް ބްރެކެޓްތަކަށް މަޖިލީހުގެ މުޅި ކޮމިޓީއިން ގެނެސްފައިވާ ބަދަލު:

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ – 0 ޕަސެންޓް.
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ

Leave a Reply

Your email address will not be published.

haftha.mv ©