އަހުމަދު މުހައްމަދު
04 December 2019
މަޤްބޫލު ޙަބަރު

ހދ.ހަނިމާދޫގައި ރަހީނުކުރި ޒުވާނަކު ސަލާމަތްކޮށް، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ވަގުތެއްގައި ހަނިމާދޫގައި 22 އަހަރުގެ ފިރިހެނަކަށް ބަޔަކު ބިރު ދައްކާ އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައްސަލައެއް އެ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި މި މަހުގެ ދެވަނަ ދުވަހު ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 27 އަދި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©