މުޙައްމަދު އިބްރާހިމް
04 December 2019
މަޤްބޫލު ޙަބަރު

ނައިބު ރައީސް ފައިސަލް ނަސީމު، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ނައިބުގެ މިދަތުރުފުޅުގައި އެގައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެގައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން މިދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާއަށް މިއަދު ވަޑައިގެންނެވިއިރު، މިއަދު އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ބަދަލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިއީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާ މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.

Leave a Reply

Your email address will not be published.

haftha.mv ©