Sun, 29 March, 2020, 11:19 am
ލަންކާގެ އާ ލީޑާޝިޕާ ބައްދަލުކުރެއްވުމަށް މިނިސްޓަރު ޝާހިދު ލަންކާއަށް

ސްރީ ލަންކާގެ އާ ލީޑާޝިޕާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ލަންކާއަށް ވަޑައިގެންފިއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ލަންކާގެ ރައީސްކަމުގެ ހުވާ ގޯޓާބަޔަ ރާޖަޕަކްސަ ކުރެއްވި ފަހުން ދައުލަތުގެ ވަޒީރަކު އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ، ފޮރިން މިނިސްޓަރުގެ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު އަދި ކުރީގެ ރައީށް މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން އެގައުމުގެ ފޮރިންސް މިނިސްޓަރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އާއި މިނިސްޓަރު އޮފް މަހާވެލި، އެގްރިކަލްޗަރު ޑިވެލޮޕްމަންޓް އެންޑް އިންޓާނަލް ޓުރޭޑް އަދި ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސައާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.