Thu, 23 January, 2020, 7:53 am
އޭޖީ ރިފްއަތު: ފޮޓޯ / އަވަސް
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ގާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ކަމަށެވެ. އިތުރަށް އޭޖީ އޮފީހުން ބުނީ އެ ގާނޫނަށް އިސްލާހު ގެންނަނީ އަދި އެ ގާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށްޓަކައި ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމަށް ނިންމާފައިވާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ

މިހާރުވެސް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ގާނޫނުތަކަކަށް އިސްލާހު ހުށަހެޅުމަށްފަހު މަޖިލީހަށް ފޮނުވާފައެވެ. އަދި އަލަށް ތައާރަފު ކުރެވޭ އެތައް ބިލެއްގެ މަސައްކަތް އޭޖީ އޮފީހުން އަންނަނީ ކުރަމުންނެވެ.

Leave a comment

Your email address will not be published.