Sun, 29 March, 2020, 2:37 pm
ގޯޑަން ރަމްސީގެ އާއިލާ ރާއްޖޭގައި --- ފޮޓޯ/ ގޯޑަން ރަމްސީގެ އިންސްޓަގުރަމް އެކައުންޓު
އަށްމަހު ދަރިފުޅު، އޮސްކާއާއެކު ގޯޑަން ރަމްސީގެ އާއިލާ މިއަހަރުވެސް ރާއްޖެއަށް

ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރުމަށް، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޝެފް، އިނގިރޭސި ވިލާތުގެ ގޯޑަން ރަމްސޭގެ އާއިލާ މިއަހަރު ވެސް ރާއްޖެ އަތުވެއްޖެއެވެ.

ރަމްސީ، 53 ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ މިދިޔަ އަހަރުގެ ފެސްޓިވް ޗުއްޓީއަށް ވެސް އޭނާ އައިސް ހުރި ބ. އަތޮޅުގައި އޮންނަ އަމިއްލަ ފުށި ރިސޯޓުގައެވެ. ރަމްސޭ ވަނީ އެއް ވައްތަރެއްގެ ޕިޖާމާގައި އަމިއްލަ ފުށީގައި ނަގާފައިވާ އާއިލާ ފޮޓޯއެއް އޭނާގެ އިންސްޓަގުރަމްގައި ހިއްސާ ކޮށްފައެވެ.

އެ ފޮޓޯގައި ރަމްސީގެ އަންހެނުން ޓާނާ ރަމްސީ އާއި ޖެކް، 19 އާއި މަޓިލްޑާ، 17، އާއި މެގަން 21، އަދި ހޮލީ 19ގެ އިތުރުން މިއަހަރުގެ އޭޕްރިލް މަހު ރަމްސީގެ ދެމަފިރިންނަށް ލިބުނު އޮސްކާއާއެކު ފަސް ދަރިން ފެނެއެވެ.

ނަމަވެސް މިފަހަރުގެ ދަތުރުގައި ރަމްސީގެ ގާތް އެކުވެރިޔާ އަދި އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް އާއި އޭނާގެ އާއިލާ ރާއްޖެ އައިސްފައިވާ ކަމެއް އަދި ނޭނގެއެވެ.

Leave a comment

Your email address will not be published.