Fri, 3 April, 2020, 5:42 am
ޝީލާ ނަޖީބު ބުރުގާ އަޅާފައި --- ފޮޓޯ/ އަވަސް
ޝީލާ ބުރުގާ އަޅައިފި، ބުނީ އެއީ އެންމެ ހިތްހަމަޖެހުން ބޮޑު ނިންމުން ކަމަށް!

ރާއްޖޭގެ ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ކާމިޔާބު އަދި ކުޅަދާނަ ފިލްމީ ތަރި ޝީލާ ނަޖީބު، ބުރުގާ އަޅައިފިއެވެ.

ވީޑިއޯ ލަވައަކުން ފިލްމީ ދާއިރާއަށް ނުކުތް ޝީލާ ބުރުގާ އަޅަން ނިންމީ، މިމަހުގެ ކުރީކޮޅު އުމްރާއަކަށް ގޮސް، އެ ދަތުރުގެ ތެރޭގައެވެ. އަދި ޝީލާ ރާއްޖެ އައީ ބުރުގާ އަޅައިގެންނެވެ.

ޝީލާ “އަވަސް” އަށް ބުނީ، ބުރުގާ އެޅުމަކީ އޭނާ އަމިއްލައަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި އަދި އެ ނިންމުމަކީ ހަޔާތުގައި ނިންމު އެންމެ ހިތްހަމަޖެހުން ބޮޑު ނިންމުން ކަމަށެވެ.

“ހަޔާތަށް މި އައީ ބަދަލެއް. އުފާވެެރި ބަދަލެއް، ހިތްހަމަޖެހުން އަބަދުވެސް ލިބޭނެ ބަދަލެއް.” ޝީލާގެ ބުނެފައިވެއެވެ.

ބުރުގާ އެޅުމަށްފަހު ހަޔާތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ޝީލާ ބުނިއިރު، އޭނާ ފިލްމީ ދާޢިރާއިން ކުރިއަށް އޮތްތާ ފެންނާނެތޯ އެހުމުން އެ ސުވާލަށް ޝީލާ ޖަވާބެއް ދީފައެއް ނުވެއެވެ.

ރަހުމަތްތެރިއެއް ކަމަށްވާ ޖުނައިދުގެ ބުނުމަކަށް “ނުދާށޭ މަގޭ ލޯބިވާ” ލަވައިން ފިލްމީ ދާއިރާއަށް ނުކުތް ޝީލާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ޒުލޭހާ”، “ޔޫސުފް” ހިމެނެއެވެ. ޝީލާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާއަކަށް ތިއޭ މިހިތުގެ ވިންދަކީ އަދި ކަލާގެ ހައްގުގާ ވާނެއެވެ.

ޝީލާ އަކީ ދިވެހި ފިލްމީތަރިން ހިމަނައިގެން އިންޑިއާގެ ކެރެލާގެ ޑައިރެކްޓަރު ބޭނަޒީރު މުޚްތާރު އުފައްދާ ފިލްމު “މާސްޓާމައިންޑް”ގެ ކާސްޓެކެވެ.

ހިޔާލު ފައުޅުކުރައްވާ

    ނަމަ ނަމަ ޝީލަ ތިއެޅީ ބުރުގާ ފަހުން ނުބާލާތި ބާލާފިއްޔާ ފަހުން ދެރަކަމެއް ވެދާނެ

Leave a comment

Your email address will not be published.