Wed, 29 January, 2020, 4:39 am
ނަސްރުﷲ ދަތުރުކުރި ޑިންގީ ކަނޑުގެ 150 ފޫޓު އަޑިން ނަގައިފި

ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަޑިއަށް ދިޔަ ޑިންގީ ކަނޑުގެ އަޑިން ނަގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:07 ހާއިރު ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް ކައިރިން ހިނގި އެކްސިޑެންޓަށްފަހު ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަދި އޭގެން ދަތުރުކުރި ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. ވަނީ ގެއްލިފައެވެ.

އެ ހާދިސާ ހިނގި ފަހުން މިއަދަށް ހަފްތާއެއް ވެފައިވާއިރު، އޭނާ ހޯދުމުގައި މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް ވެސް ނަސްރުﷲގެ ހިލަމެއް ވެފައެއް ނުވެއެވެ.

ނަމަވެސް ހާދިސާ ހިނގި ސަރަހައްދަށް އިއްޔެ ޑައިވްކުރިއިރު އަޑިއަށްދިޔަ ނަސްރުﷲ ދަތުރުކުރި ޑިންގީގެ ބަޔަކާއި ޑިންގީގެ އިންޖީނުގެ މަތިގަނޑު ވަނީ ފެނިގެން ނަގައިފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ހާދިސާގައި އަޑިއަށްދިޔަ ޑިންގީ ބ. ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން 46 މީޓަރު (150 ފޫޓު) އަޑިން ނަގާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ނެގި އެ ޑިންގީ މިހާރު ވަނީ ބ. ދަވަންދޫއަށް ގެންގޮސްފައެވެ.

Leave a comment

Your email address will not be published.