Wed, 3 June, 2020, 5:09 pm
މަންޓާ އިން ދެ މީހަކަށް ސްކައި ޑައިވް ކުރުމުގެ ފުރުސަތު، ގެންދަން ބޭނުމީ ކާކު؟
3

އަންނަ މަހު ރާއްޖޭގައި ބާއްވާ ސްކައި ޑައިވް މޯލްޑިވްސް ހަރަކާތުގައި ދެ މީހަކަށް ހިލޭ ސްކައި ޑައިވް ކުރުމުގެ ފުރުސަތު ދިނުމަށް މަންޓާ އެއާ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްކައި ގައިޒް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން މަންޓާ އިން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި  ޕްރޮމޯޝަނުގައި ބައިވެރިވުމަށް ސްކައި ޑައިވް މޯލްޑިވްސް ޕޭޖާއި މަންޓާ އެއާ ޕޭޖަށް ލައިކް ކުރުމަށް ފަހު ސްކައި ޑައިވް ކުރަން ގެންދަން ބޭނުންވާ މީހަކު ޓެގް ކުރަން ޖެހެއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

ނަސީބުވެރި އެކަކު ހޮވައި އެ މީހަކަށް ދެ ފަހަރު “ޓެންޑަމް ސްކައިޑައިވް” ކުރުމުގެ ފުރުސަތުގެ އިތުރުން މަންޓާ އެއާ އިން ދެކޮޅު ޓިކެޓް ދޭނެއެވެ.

“ޓެންޑަމް ސްކައިޑައިވް” އަކީ އަލަށް ސްކައިޑިވް ކުރާ ފަރާތްތަކަށް މި ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބޭނުންކުރާ ސްކައިޑިވް ކުރުމުގެ ވައްތަރެކެވެ.

އެގޮތުން، ޓެންޑަމް ސްކައިޑިވް ކުރާއިރު ފުންމާލާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރަކާ އެކު، ދެ މީހުންނަށް އެއްކޮށް ފަރުމާކޮށްފައިވާ ހާއްސަ ވައިކުޑައެއްގައެވެ.

އަންނަ މަހުގެ 1 އިން 24 އަށް ސްކައިޑައިވިން ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، މަންޓާ އެއާ އިން އެންމެ ފަހުން އުދުހެން ފެށި ގއ. ކޫއްޑޫގައެވެ.

މި ހަރަކާތުގައި 20 ގައުމަކުން 300 ލައިސެންސް ސްކައިޑައިވަރުން ބައިވެރިވާނެއެވެ. އަދި ޖުމްލަ 500 އަށް ވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް، ހަރަކާތުގެ އޮފިޝަލް ޓްރެވަލް ޕާޓްނަރު، މަންޓާ އެއާ އިން ބުނެއެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަކަން ކަސްޓަމަރުން ވެސް ފާހަގަކުރާ މަންޓާ އެއާ އިން ކޫއްޑޫއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ކޫއްޑޫއާއެކު އެ އެއާލައިނުން ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫގެ އަށް ވެސް ދަތުރުތައް ކުރެއެވެ.

Leave a comment

Your email address will not be published.