Wed, 29 January, 2020, 4:58 am
ހިބަރެއް ނަގަން އުޅުމުގެ ތެރޭގައި ނަނު އޮޅިގެން މީހަކު މަރުވެއްޖެ

ހިބަރެއް ގަނެގެން އެ ނަގަން އުޅެނިކޮށް ނަނު އޮޅި، ށ. ފުނަދޫ މީހަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ބުނީ ށ.ފުނަދޫ އިން ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި މަހެއް ގަނެގެން މޫދަށް ވެއްޓި ކަރުގައި އޮޅިގެން މީހަކު ނިޔާވެފެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:26 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ފުނަދޫ ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި މީހާ މޫދަށް ވެއްޓިފައިވަނިކޮށް ފެނިފައިވަނީ އެ ސަރަހައްދުގައި އުޅުނު ދޯންޏަކަށެވެ. މި މީހާ މަސްވެރިކަމަށް ގޮސްފައިވަނީ ޑިންގީއެއްގައި އެކަނި ކަމަށްވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.