Wed, 29 January, 2020, 3:19 am
ޒަހަމްތަކަކާއި އެކު މަރުވެފައި އޮތް މީހަކު މުލަކުން ފެނިއްޖެ

މ. މުލަކުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ވަޑާންގޭ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ރޭ ފަތިހު 4:57 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ގެއަށް ގޮސް ވެއްޓިފައި އޮތް މީހާ މުލަކު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ވެއްޓިފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ވެއްޓިފައިވާ މީހާގެ ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަށް 9 އިންޗިހާތަން ކަފައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި އޭނާ ވެއްޓިފައި އޮތްތަނުގެ ކައިރީގައި ކަރަންޓު ކީއްސެއް އޭރު ޖައްސާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Leave a comment

Your email address will not be published.