Wed, 3 June, 2020, 6:23 pm
ކަނޑުފަޅުގެ ދިރާސާ ރައީސް އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަނީ --
ދިރުންތައް ހިމާޔަތް ކުރުމުގެ ބޮޑު ޒިންމާއެއް އޮތީ ކައުންސިލަރުންގެ: ރައީސް
6

ކަނޑުފަޅުތަކުގެ ދިރުން ހިމާޔަތްކޮށް އެއިން އިގްތިސާދީ ފައިދާ ލިބޭނެ ގޮތްތައް ހޯދުމުގެ އެންމެ ބޮޑު ޒިންމާއެއް ދެން އޮންނާނެ ބަޔަކީ ކައުންސިލަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ.ނޭކުރެންދޫގައި “ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން”ގެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ރަށްރަށުގެ އިހުތިސޯސްގައި ހިމެނޭ ކަންކަން ބެލެހެއްޓުނުގައި ކައުންސިލްތަކުން ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލާފައި ވަނީ ރަށްރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކަމަށެވެ.

“ކަނޑުފަޅުގެ މަންފާއާއި ނަފާ ހޯދޭނެ ގޮތްތައް އަމަލީ ގޮތުން އެ މަސައްކަތް ކުރުމަށް ތިބޭނެ ބޭފުޅުންނަކީ ތި ބޭފުޅުން، [ކައުންސިލަރުން] ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލަރުން އަދާ ކުރަން ޖެހޭ ދައުރު ވަރަށް މުހިއްމު،” ރައީސް ވިދާޅުވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއެ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިހާރު އ.ދ ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގްތިސާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ވިއުގައެކެވެ. މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އެ ޖަމާއަތާއި ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

Leave a comment

Your email address will not be published.