Fri, 5 June, 2020, 1:29 am
ވެކްސިން ތަތްގަނޑު ފެނުނީ ގދ. ފަޅު ރަށަކުން
7

އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނަގާފައިވާ ތަތްގަނޑުތަކުގެ ތެރެއިން އެ އޮފީހުގެ ރަސްމީ ތަތްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ތަތްގަނޑު ގެއްލިފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ އެ ތަތްގަނޑު ފެނުނީ ގދ. ކުރިކޭމާހުއްޓާ ނަމަކަށް ކިޔާ ފަޅު ރަށަކުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ތަތްގަނޑު ފެނުނީ އެ ތަތްގަނޑު ފެނުނީ ގދ. ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ މީހަކަށެވެ. އެ ފަޅުރަށަކީ އެމީހާގެ ނަން މަތީގައި އޮންނަ ފަޅު ރަށެކެވެ.

އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށިން ވަގަށް ނަގާފައި ވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑަކާއި ރަސްމީ ލިޔެކިޔުންތަކެއް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Leave a comment

Your email address will not be published.