Wed, 29 January, 2020, 3:20 am
ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ / ސަން
ހިމަބިއްސަށް ފަރުވާދޭ ސެންޓަރެއް ހުޅުމާލޭގައި ގާއިމްކުރަނީ

ހުޅުމާލޭގައި މި ރެއިން ފެށިގެން ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިއްސަށް ފަރުވާދޭ ސެންޓަރުގެ ހިދުމަތް މިރޭ 8:00އިން ފެށިގެން ހުޅުވާފައި ހުންނާނެ ކަމަށެވެ. މީގެފަހުން ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ދެން ފަރުވާދޭނީ އެތަނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިމަބިހީގެ އިތުރު ކޭހެއް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި ހިމަބިއްސަށް ޝައްކުވާ އިތުރު ބަލި މީހަކު ވެސް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުން އައިސްގެން ރިޕޯޓު ކޮށްފައިވާ 10 މީހެއްގެ ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.

ހިމަބިހި ޖެހިފައިވާ އިތުރު މީހުންވެސް ރާއްޖޭގެ އެކި ހިސާބުގައި ހުރިތޯ ބަލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ބަލި ޖެހިފައިވާ އިތުރު މީހަކު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް، އެބަލި ޖެހިފައި ހުރި ކުޑަކުއްޖަކު ވަނީ ފެނިފަ އެވެ. އަދި އެކުއްޖާއަކީ ހިމަބިހީގެ ވެކްސިން ނުޖަހާ ހުރި ކުއްޖެކެވެ.

Leave a comment

Your email address will not be published.