Wed, 29 January, 2020, 4:00 am
ރިސޯޓެއްގައި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސައުތް ޕާލް ރިސޯޓުގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ސައުތު ޕާމް ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ޑިއުޓީއަށް ނައިސްގެން ބެލިއިރު އޭނާގެ ކޮޓަރީގައި ހަރަކާތެއް ނެތި އޮތުމުން އޭނާ ގޮވައިގެން ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:19ގައި ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެމީހާ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.