Wed, 29 January, 2020, 3:21 am
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު - ފޮޓޯ: މިހާރު
އަހަރުގެ ފުރަތަމަ ހަފްތާ: ލިބުނު އާމްދަނީއަށްވުރެ ހަރަދު ބޮޑު

ދެހާސް ވިހިވަނަ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އެތައް ގުނައެއް ހަރަދުގެ ގޮތުގައި ބޭނުންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށި ފުރަތަމަ ހަފުތާގައި ދައުލަތަށް ފުރަތަމަ ހަފުތާގައި 54.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މުޅި ޖުމްލަ ދައުލަތަށް އާމްދަނީގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބުނު ނަމަވެސް 219 މިލިއަން ރުފިޔާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނިވެސް ވަނީ ހަރަދުކޮށްފައެވެ.

މިއަހަރަށް ކަނޑައަޅާފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ޑެފިސިޓް ވަނީ 5.9 ބިލިއަން ރުފިޔާއެވެ. ބަޖެޓް ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ވަނީ ނިންމައިފަ އެވެ.

Leave a comment

Your email address will not be published.