Wed, 29 January, 2020, 3:19 am
ބަނޑުގައި އޮންނަ ދަރިފުޅުގެ ބަލިތައް ދެނެގަންނަނީ

މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ބަލިތައް ހުރިތޯ ބެލުމަށް ޕްރީނޭޓަލް ސްކްރީނިން ހަދަން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗްއިން ނިންމައިފިއެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީންކޮށް ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ. މި ހިދުމަތުގެ އިތުރުން ނިއުބޯން ސްކްރީނިން ހިދުމަތްވެސް ދިނުމަށް އައިޖީއެމްއެޗުން ވަނީ ނިންމާފައެވެ. ނިއުބޯން ސްކްރީނިންގެ ހިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތަކަށް ސްކްރީން ކުރުމުގެ ގޮތުން ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތެކެވެ.

އައިޖީއެމްއެޗުން ބުނީ އެ ހިދުމަތް ދޭން ބޭނުންވާ ވަސީލަތަތްތައް އައިޖީއެމްއެޗްއަށް ފޯރުކޮށްދެނީ އެސްޓީއޯއިން ކަމަށެވެ. އައިޖީއެމްއެޗުން ބުނީ މީގެކުރިން އެ ހޮސްޕިޓަލުން އެފަދަ ބަލިތައް ޓެސްޓު ކުރަނީ އިންޑިއާއަށް ސާމްޕަލްތައް ފޮނުވައިގެން ކަމަށެވެ.

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ތުއްތު އުމުރުތަކުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިކަން ލިއްބައިދޭނެކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

Leave a comment

Your email address will not be published.